##siteName##
 

ހެދުން ބަދަލުކުރާއިރު ކިޔާ ދުޢާ

އަހަރެމެން ހެދުން ބަދަލުކުރާއިރު ކިޔަން ދުޢާއެއް އަހަރުމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދަސްކޮށްދެއްވާފައެވެ. އެއީ އަހަރެމެން ހެދުން ބަދަލުކުރާ ވަގުތު ޝައިޠާނުންގެ ލޯތަކުން އަމާންކަން ލިބިގަތުމަށެވެ.

އެހެނީ އަހަރުމެންނަށް އެ ޝައިޠާނުންތައް ނުފެނުނު ކަމުގައި ވިއަސް އެ ތަކެއްޗަށް އަހަރުމެން ފެންނާނެތީއެވެ.

އެހެންކަމުން ޝައިޠާނުންގެ ލޯތަކަށް އަހަރުމެން ހެދުން ބަދަލުކުރާ ވަގުތު ނުދެއްކެވުން އެދި މި ދުޢާ ކިޔުން އެދެވިގެން ވެގެން ވެއެވެ.

بِسْمِ الله .

ﷲ ގެ އިސްމުފުޅުންފަށަމެވެ.