##siteName##
 

އާ ހެދުމެއް އަޅާއިރު ކިޔާ ދުޢާ

ކޮއްކޯއެވެ! އާ ހެދުމަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ދެއްވި ވަރަށް އަގުބޮޑު ހަދިޔާއެކެވެ. އެހެންކަމުން އެ އިލާހަށް ޝުކުރު ކުރަން ޖެހޭނެއެވެ. އަދި އާ ހެދުން ނުލިބޭ ފަޤީރު ކުދިންގެ މަތިން ހަދާން ކުރަންވާނެއެވެ.

اللّهُمَّ لَكَ الحَمْدُ أنْتَ كَسَوْتَنيهِ، أََسْأََلُكَ مِنْ خَيرِهِ وَخَيْرِ مَا صُنِعَ لَه، وَأَعوذُ بِكَ مِنْ شَرِّهِ وَشَرِّ ما صُنِعَ لَهُ.

އޭ ﷲ! އެންމެހައި ޙަމްދުވަނީ އިބަ ﷲ އަށެވެ. އިބަ ﷲ މިއަޅާ ފޭރާންކޮށް ދެއްވީމުއެވެ. އޭގެ ހެއުކަމާއި އެކަމަށްޓަކައި މިހެދުން އުފެދިފައިވާ ކަމުގެ ހެއުކަމަށް އެދި ތިޔަ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި މީގެ ނުބައި ކަމާއި އެކަމަށްޓަކައި އެހެދުން އުފެދިފައިވާ ކަމުގެ ނުބައި ކަމުން ސަލާމަތް ކުރެއްވުން އެދި، ތިޔަ އިލާހުގެ ޙަޟްރަތު ގައި ދަންނަވަމެވެ.