##siteName##
 

ނިދިން ތެދުވުމަށްފަހު ކުރާ ދުޢާ

ކޮއްކޯއެވެ! ނިންޖަކީ ކުޑަ މަރެވެ. ފަހެ އިންސާނާ ނިދިން ހޭލުމަށްފހު އޭނާގެ ފުރާނަ އޭނަގެ ހަށިގަޑަށް އަނބުރާ ރައްދު ކުރެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރަންވާނެއެވެ. އަދި އޭނާ ނިދީގައި އޭނަގެ ފުރާނަ މުޅިން ހިއްޕަވައި ﷲ އޭނާ މަރުގެންނެވި ނަމަ ކަންތައް ވާނެ ގޮތާމެދު ފިކުރު ކުރަން ޖެހޭނެއެވެ.

ބޮޑު މަރަކީ އެ މަރު އަތުވެއްޖެނަމަ ދެވަނަ ފަހަރަށް މި ދުނިޔެއަށް ނާދެވޭ މަރެވެ.

މި ދުޢާ އަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަފުޅުން ތެދުވެވަޑައިގެން ވިދާޅުވި ދުޢާއެކެވެ. އެހެންކަމުން އަހަރުމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި މި ރީތި ދުޢާ، ކޮންމެ ދުވަހަކު ނިދިން ހޭލުމަށްފަހު ކިޔަން އާދަކުރާށެވެ.

الحَمْدُ لله الذِي أحْيَانا بَعْدَمَا أمَاتَنَا وإلَيْهِ النَشُور

"އަޅަމެން މަރުގެންނެވުމަށްފަހު ދިރުއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ  އަށް ޙަމްދު ކުރަމެވެ. އަދި (މަރުވުމަށްފަހު) އެނބުރި ދިޔުން ވަނީ އެއިލާހުގެ ޙަޟްރަތަށެވެ."