##siteName##
 

ކޮއްކޯއެވެ...!

ލޯބިވާ ކޮއްކޯއެވެ! ފަރުޟު ފަސްނަމާދަށް ރައްކާތެރިވާށެވެ. ފަރުޟު ފަސްނަމާދު ބަރާބަރަށް، އޭގެ ވަގުތުގައި އަދާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވާނެއެވެ.

ކޮއްކޯއެވެ...!

ލޯބިވާ ކޮއްކޯއެވެ! މަންމައާއި ބައްޕަގެ ބަސް އަހާ ރަނގަޅު ކުއްޖަކަށް ވާށެވެ!

ލޯބިވާ ކޮއްކޯއެވެ! ތެދުބަހުން ވާހަކަ ދައްކާ ކުއްޖަކު ކަމުގައި ވާށެވެ. ތެދުބުނާ ކުދިން ދެކެ އެންމެންވެސް ލޯބިވާނެއެވެ.

ލޯބިވާ ކޮއްކޯއެވެ! ބޮޑެތިމީހުންނަށް ކިޔަމަންތެރި، ބޮޑެތިމީހުންނަށް އިޙްތިރާމް ކުރާ ކުއްޖަކަށް ވާށެވެ.

ލޯބިވާ ކޮއްކޯއެވެ! ޤުރުއާން ކިޔަވާށެވެ! އަދި ޤުރުއާން ހިތުދަސްކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ޤުރުއާން ކިޔަވައި، އަދި ޤުރުއާން ކިޔަވައިދޭމީހާ އަކީ އެންމެ ހެޔޮ އެންމެ ރަނގަޅު މީހާއެވެ.

ލޯބިވާ ކޮއްކޯއެވެ! ރިވެތި އަޚްލާޤުގެ މާތްސިފަ ލިބިގަތުމަށް މަސައްކަތް ކުރާށެވެ! ރިވެތިއަޚްލާޤުގެ ވެރިޔާ، ޤިޔާމަތްދުވަހުން ވާނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ އެކީގައެވެ.