##siteName##
 

ނިދަން އޮށޯންނަމުން ކުރާ ދުޢާ

ބިރުވެރި ހުވަފެންތަކާއި މިފަދަ އެހެން ކަންތައް ތަކަކީ ޝައިޠާނުންގެ ވަސްވާސްތަކުގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ. ނިދަން އޮށޯންނަމުން މިދުޢާތައް ކުރުމަކީ އެފަދަ ކަންތަކުން، ﷲ ގެ އިޛްނައާއެކު ސަލާމަތްވާނެ ކަމެކެވެ.

ކޮއްކޯއެވެ! މިދުޢާތައް ދަސްކޮށް ކޮންމެ ރެއަކު ނިދަން އޮށޯންނަމުން މިދުޢާތައް ކުރަން އާދަކުރާށެވެ.

§         ދެއަތްތިލަ ގާތްކޮށް، ބާރަށް ފުމެލުމަށްފަހު

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4)

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنَ الْجِنَّةِ وَالنَّاسِ (6)

 

 

 

މި ތިން ސޫރަތް ކިޔެވުމަށްފަހު ބޮލާއި މޫނުން ފެށިގެން މުޅި ހަށިގަނޑުގައި ދެއަތް ފިރުމާލާށެވެ! މިގޮތަށް 3 ފަހަރު ކަންތައް ކުރާށެވެ!

 

§         اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

 

§         اللَّهُمَّ قِني عَذابَكَ يَوْمَ تَبْعَثُ عِبادَك . (3 ފަހަރު)

އޭ الله! އިބަ އިލާހުގެ އަޅުތަކުން އަލުން ދިރުއްވާ ދުވަހު އިބަ އިލާހުގެ ޢަޒާބުން އަޅަމެން ރައްކާތެރި ކުރައްވާނދޭވެ!

§         بِاسْمِكَ رَبِّي وَضَعْتُ جَنْبي ، وَبِكَ أَرْفَعُه، فَإِن أَمْسَكْتَ نَفْسي فارْحَمْها ، وَإِنْ أَرْسَلْتَها فاحْفَظْها بِما تَحْفَظُ بِه عِبادَكَ الصّالِحين

މިއަޅާގެ ވެރި އިލާހު! އިބައިލާހުގެ އިސްމުފުޅުން މިއަޅާގެ ނަފްސު ބާއްވަމެވެ. އަދި އިބަ އިލާހުގެ އިސްމުފުޅުން މިއަޅާގެ ނަފްސު އުފުއްލަމެވެ. އިބަ އިލާހު މިއަޅާގެ ނަފްސު ހިއްޕަވައިފިނަމަ އެނަފްސަށް އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އެނަފްސު އަނބުރާ ފޮނުއްވައިފިނަމަ އިބަ އިލާހުގެ ޞާލިޙު އަޅުން ރައްކާތެރި ކުރައްވާ ގޮތަށް އެނަފްސު ރައްކާތެރި ކުރައްވާނދޭވެ.