##siteName##
 

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ މާތްކަން

އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މަތިވެރި އަޅުކަމެކެވެ. އެއީ އިންސާނުންގެ ސާހިބާއެވެ. އެންމެ ފަހުގެ ރަސޫލާއެވެ. ނަބިއްޔުންނާއި ރަސޫލުންގެ ސާހިބާއެވެ. އެންމެ ފަހުގެ ރަސޫލާއެވެ. އެކަލޭގެފާނުގެ މައްޗަށް އެންމެ ފަހަރަކު ޞަލަވާތް ކިޔަވައިފި މީހާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ 10 ފަހަރު ޞަލަވާތް ލައްވައެވެ.

އެކަލޭގެފާނުގެ ނަންފުޅު އިވި، އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާއަކީ އަބާއްޖަވެރިއެކެވެ. އެފަދަ އަބާއްޖަވެރި މީހެއް ކަމުގައި ކޮއްކޮ ނުވާށެވެ!

އެހެންކަމުން އެކަލޭގެފާނުގެ ނަންފުޅު އިވޭ ކޮންމެ ހިނދަކު ؛

صَلَّى اللَّهُ عَلَيْهِ وَسَلَّمَ

މިފަދައިން ކިޔުން އާދަ ކުރާށެވެ!