##siteName##
 

ބާޒާރަށް ވަންނަހިދު ކުރާ ދުޢާ

ބާޒާރުތަކާއި، ސުޕަމާޓު ތަކާއި، ޝޮޕިން ކޮމްޕްލެކްސް ފަދަ ތަންތަނަކީ، ﷲ ހަނދުމަކުރުމުން އެއްކިބާވެ ތިބުން ބޮޑު ތަނެކެވެ. މިފަދަ ތަންތަނުގައި ﷲ ގެ ޛިކުރު ކުރާ މީހުން ވަރަށްވެސް މަދެވެ. އަދި މިފަދަ ތަންތަނުގައި ޝައިޠާނުން ގިނަވާނެއެވެ.

އެހެންކަމުން އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ މިފަދަ ތަންތަނަށް ވަންނަމުން ކުރުމަށް ދުޢާއެއް ދަސްކޮށްދެއްވާފައެވެ. މިދުޢާ ކުރުމުން އަހަރެމެން އެފަދަ ތަންތަނުން ގަންނަ ތަކެތީގައި ﷲ ބަރަކާތް ލައްވާނެއެވެ. އަދި ޝައިޠާނުންގެ ކިބައިން ޙިމާޔަތް ކުރައްވާނެއެވެ.

ކޮއްކޯއެވެ! މި ދުޢާ ދަސްކުރާށެވެ! އަދި ބާޒާރަށް ވަންނަހިނދު މިދުޢާ ކުރަން އާދަ ކުރާށެވެ!

لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْكُ ولهُ الحَمْد، يُحْيي وَيُميتُ  وَهُوَ حَيٌّ لا يَموت، بِيَدِهِ الْخَيْرُ وَهوَ على كلّ شيءٍ قدير.

ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެއިލާހީ އެއްކައުވަންތަ، އެއިލަހަށް ޝަރީކަކުނުވާ އިލާހެވެ. އެއިލާހަށް ވެރިކަން ލިބިވޮޑިގެންވެއެވެ. އަދި އެއިލާހަށް ރިވެތި ޘަނާއާއި ތާރީފް ލިބިވޮޑިގެންވެއެވެ. އެއީ ދިރުއްވަވައި މަރުގަންނަވާ އިލާހެވެ. އެއިލާހީ ދިރިދެމިވޮޑިގެންވާ އަވަހާރަވުމެއްނެތް އިލާހެވެ. ހުރިހާ ހެޔޮކަމެއް އޮތީ އެއިލާހުގެ ކުޅަދުންވަންތަ ކަމުގެ ދަށުގައެވެ. އެއިލާހީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ!