##siteName##
 

ދަތުރު ދުޢާ

ދަތުރަކީ ނަރަކައިގެ އެތިކޮޅެއް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށްދެއްވިއެވެ. އެއީ އޭގައި ހިމެނޭ ދަތިތަކާއި އުނދަގުލުގެ ސަބަބުންނެވެ. ކޮއްކޯއެވެ! ދަތުރަށް ނުކުންނަހިނދު މި ދުޢާ ކުރަން ހަނދާން ކުރާށެވެ. އޭރުން ކޮއްކޮގެ ދަތުރު ﷲ ފަސޭހަކޮށް ދެއްވާނެއެވެ. މިދުޢާ ދަސްކޮށް ދަތުރު ފެށުމުގެ ކުރީގައި މި ދުޢާ ކުރާށެވެ. މިއީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި މަތިވެރި ދުޢާ އެކެވެ.

اللهُ أكبَر ، اللهُ أكبَر ، اللهُ أكبَر، سُبْحانَ الَّذي سَخَّرَ لَنا هذا وَما  كُنّا لَهُ مُقْرِنين،  وَإِنّا إِلى رَبِّنا لَمُنْقَلِبون، اللّهُمَّ إِنّا نَسْأَلُكَ في سَفَرِنا هذا البِرَّ وَالتَّقْوى، وَمِنَ الْعَمَلِ ما تَرْضى، اللّهُمَّ هَوِّنْ عَلَينا سَفَرَنا هذا وَاطْوِ عَنّا بُعْدَه، اللّهُمَّ أَنْتَ الصّاحِبُ في السَّفَر، وَالْخَليفَةُ في الأهلِ، اللّهُمَّ  إِنّي أَعوذُبِكَ مِنْ وَعْثاءِ السَّفَر، وَكَآبَةِ الْمَنْظَر، وَسوءِ الْمُنْقَلَبِ في المالِ وَالأَهْل.

އެންމެ ބޮޑުވެގެންވަނީ ﷲ އެވެ. އެންމެ ބޮޑުވެގެންވަނީ ﷲ އެވެ. އެންމެ ބޮޑުވެގެންވަނީ ﷲ އެވެ.  އަޅަމެންގެ ޚިދުމަތުގައި މީތިލެއްވި އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. އަޅަމެން އެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އަޅަމެންގެ ވެރި އިލާހުގެ ޙަޟުރަތަށް އެނބުރި ދާހުއްޓެވެ. އޭ ﷲ !   އަޅަމެންގެ މިދަތުރުގައި އަޅަމެންނަށް ހެޔޮކަމާއި ތަޤުވާވެރިކަމާއި އިބަ ﷲ ރުހިވޮޑިގެންވާ ޢަމަލްތައް ދެއްވުމަށް އެދި ދަންނަވަމެވެ. އަޅަމެންގެ މިދަތުރު ލުއި ފަސޭހަކޮށް ދެއްވާނދޭވެ! އަދި މިދަތުރުގެ ދިގުކަން ކުރުކޮށް ދެއްވާނދޭވެ! އޭ ﷲ!  މިދަތުރުގައި އިބަ އިލާހީ އަޅަމެންގެ އެކުވެރިޔާއެވެ. އޭ ﷲ! އަޅަމެންގެ އަހުލުން ދޫކޮށްފައި މިދަނީ އިބަ ﷲގެ ބެއްލެވުމުގެ ދަށުގައެވެ. މިދަތުރުގެ ދަތިތަކާއި ބުރަތަކުންނާއި ނުބައި މަންޒަރުތަކުންނާއި އަދި އަޅަމެންގެ އަހުލުންނާއި މުދާ މުޞީބާތް ތަކުން ރައްކާތެރިކޮށް ދެއްވުން އެދި އިބަ ﷲއަށް ދަންނަވަމެވެ.

ދަތުރު ނިމިގެން އެނބުރި ރަށަށް އައިސް މި ދުޢާގެ އިތުރަށް آيِبونَ تائِبونَ عابِدونَ لِرَبِّنا حامِدون . އަޅަމެން ﷲއަށް ޙަމްދުކޮށް އަޅުކަންކޮށް ތައުބާވާ ޙާލު އެނބުރި އަންނަމެވެ. މިފަދައިން ކިޔާށެވެ!