##siteName##
 

ސަވާރީގެ ދުޢާ

އަޅުގަނޑުމެންނަށްޓަކައި ސަވާރީ ކިޔަމަންކޮށްދެއްވައި، އޭގެމައްޗަށް ބާރު ދެއްވިކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދު ކުރަން ޖެހޭނެއެވެ. މި ސަވާރީގެ ސަބަބުން އަހަރެމެންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެން ދެއެވެ. އެކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަންޖެހޭނެއެވެ.

ކޮއްކޯއެވެ! ސަވާރީއަކަށް ސަވާރުވާ ކޮންމެހިނދަކު މި ދުޢާ ކުރުމަށް އާދަކުރާށެވެ! ބައިސިކަލަކަށް، ސައިކަލަކަށް، ކާރަކަށް ނުވަތަ މިފަދަ ކޮންމެ ސަވާރީއަކަށް ސަވާރުވީ ކަމުގައި ވީ ނަމަވެސް މިދުޢާ ހަނދާން ކުރާށެވެ.

މިއީ ސަވާރީއަކަށް ސަވާރުވާ ހިނދު ކުރުމަށް އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި މަތިވެރި ދުޢާ އެކެވެ.

سُبْحانَ الّذي سَخَّرَ لَنا هذا وَما كُنّا لَهُ مُقْرِنين،
وَإِنّا إِلى رَبِّنا لَمُنقَلِبون

އަޅަމެންގެ ޚިދުމަތުގައި މި(ސަވާރީ) ލެއްވި އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. އަޅަމެން އެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އަޅަމެންގެ ވެރި އިލާހުގެ ޙަޟުރަތަށް އެނބުރިދާހުއްޓެވެ.