##siteName##
 

ތިމާއަށް ހެޔޮކަމެއް ކޮށްދީފި މީހާއަށްޓަކައި ކުރާ ދުޢާ

  ކޮއްކޯއެވެ! ހެޔޮކަމެއް ކޮށްދީފި މީހާއަށް ދެވޭނެ އެންމެ ހެޔޮބަދަލަކީ އެމީހާއަށްޓަކައި މިދުޢާ ކުރުން ކަމަށް އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދު ދެއްވާފައެވެ.

މިއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން އަހަރެމެންނަށް އުނގަންނައިދޭ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މީހަކު ކޮއްކޮއަށް ހެޔޮކަމެއް ކޮށްދީފިނަމަ މިދުޢާ ކުރަން އާދަ ކުރާށެވެ.

جَزاكَ اللهُ خَـيْراً.

ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.