##siteName##
 

މަޖިލިސްގެ ކައްފާރާ

މިއަދު އަޅުގަނޑުމެންގެ މަޖިލިސްތަކާއި ބައްދަލުވުންތައް ދެބަޔަކަށް ބެހިގެން ދެއެވެ. އެ މަޖިލިސްތަކުގައި ދައްކާ ވާހަކައިގެ ސަބަބުން އަހަރެމެން ފާފަވެރިވާފަދަ ވާހަކަތައް ދެއްކޭ މަޖިލިސްތަކާއި، އެ މަޖިލިސްތަކުގައި ދައްކާ ވާހަކައިގެ ސަބަބުން އަހަރެމެންނަށް ސަވާބާއި ދަރުމަ ލިބޭނޭ ފަދަ ވާހަކަ ދެއްކޭ މަޖިލިސްތަކެކެވެ.

އެހެންކަމުން މަޖިލިހުގައި ދެއްކޭ ވާހަކައިގެ ފާފަ ފުއްސެވުން އެދި މިދުޢާ ކުރުން އާދަ ކުރާށެވެ! މިއީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި މަތިވެރި ދުޢާ އެކެވެ.

سُبْحانَكَ اللّهُمَّ وَبِحَمدِك،
أَشْهَدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَيْك.

އިބަ ﷲގެ ހުސްޠާހިރު ވަންތަ ކަމާއެވެ. އޭ ﷲ !  އިބަ ﷲ އަށް ރިވެތި ޘަނާ ލިބި ވޮޑިގެން ވެއެވެ. އިބަ ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށް އަޅު ހެކިވަމެވެ. އިބަ ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދެމެވެ. އަދި އިބަ ﷲގެ ޙަޟްރަތަށް މިއަޅާ ތައުބާ ވަމެވެ.