##siteName##
 

ރުޅި އަންނަހިނދު ކުރާ ދުޢާ

އިންސާނާ ރުޅިއަރުވައި އޭނާއަށް ގެއްލުން ދިނުމަށް ދަހިވެތިވެގެންވާ ޙާލުގައި އަބަދުވެސް ޝައިޠާނާ މަސައްކަތް ކުރެއެވެ. އެހެނީ ރުޅިއައުމުން އިންސާނާއަށް ގިނަފަހަރަށް އޭނާގެ ނަފްސުގެ ކޮންޓްރޯލް ގެއްލެއެވެ.

އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ގޮތުގައި؛ އެންމެ ބާރުގަދަ މީހާއަކީ ރުޅިއަންނަ ވަގުތު އޭނާގެ ނަފްސު ކޮންޓްރޯލު ކުރާ މީހާއެވެ.

އެހެންކަމުން އެންމެ ބާރުގަދަ މީހުންގެ ތެރެއިން ވުމަށްޓަކައި، ރުޅިއަންނަ ކޮންމެ ވަގުތަކު ގިނަގިނައިން މިދުޢާ ކުރާށެވެ!

أَعوذُ بِاللهِ مِنَ الشَّيْطانِ الرَّجيم .   

ލަޢުނަތް ލެއްވިގެންވާ ޝައިޠާނަގެ ނުބައިކަމުން މިއަޅާ ސަލާމަތް ކޮށްދެއްވުމަށް ﷲގެ ޙަޟްރަތުން އެދެމެވެ.