##siteName##
 

ކިނބިހި އެޅުމުން ކުރާ ދުޢާ

ކިނބިހި އެޅުމުން ކުރާ ދުޢާ

ކިނިބިހި އެޅުމަކީ ކިހާވަރެއްގެ ފަސޭހައެއް ލިބިގެންދާ ކަމެއްކަން ތިޔަކުދިންނަށް އެނގޭނެއެވެ. ކިނބިހި ނޭޅިގެން އުޅޭ މީހަކަށް އެވާ އުނދަގޫ ތިޔަކުދިންނަށް ފެނިފައި ވެދާނެއެވެ.

ކިނބިއްސަކީ ބޮލުގެ ތެރޭގައި އުފެދޭ ގޭހެއް ބޭރުކޮށްލުމަށްޓަކައި ﷲ ތަޢާލާ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ނިޒާމެކެވެ. މިގޭސް ބޭރު ނުވެއްޖެނަމަ އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކިނބިހި އެޅޭ ވަގުތު އަހަރެމެން ކަންތައް ކުރަންޖެހޭގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްވަނީ ދަސްކޮށްދެއްވާފައެވެ.

ކިނބިހި އެޅުނު މީހާ: الْحَمْدُ للهِ. އެންމެހާ ޙަމްދެއް ވަނީ ﷲ އަށެވެ.

އެއަޑު އިވޭ މީހާ: يَرْحَمُكَ الله. މާތް ﷲ ތިބާޔަށް ރަޙްމަތް ލައްވާށިއެވެ.

ކިނބިހި އެޅުނު މީހާ: يَهْديكُمُ اللهُ وَيُصْلِحُ بالَكُم. މާތް ﷲ ތިބާއަށް ތެދުމަގު ދައްކަވައި ތިބާގެ ކަންތައްތައް ރަނގަޅު ކޮށްދެއްވާށިއެވެ.