##siteName##
 

ކައި ނިމިގެން ކުރާ ދުޢާ

ކޮއްކޯއެވެ! ކައި ނިމުމުން އެ ކާތަކެތި ދެއްވި ﷲ އަށް ޝުކުރުވެރިވެ ޙަމްދު ކުރަން ޖެހޭނެއެވެ.

ކޮއްކޯއެވެ! ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާނެއެއްޗެއް ނުލިބި ބަނޑުހައި ހޫނުކަމުގައި ދިރިއުޅޭ އެތައްހާސް ކުޑަކުދިން ދިރިއުޅެއެވެ. އެހެން ނަމަވެސް ﷲ ގެ ރަޙްމަތުން ކޮއްކޮއަށް ކާންދެއްވީއެވެ. އެހެންކަމުން އެއިލާހަށް ޝުކުރުވެރިވެ މިފަދައިން ދުޢާކުރާށެވެ!

الْحَمْدُ للهِ الَّذي أَطْعَمَني هذا وَرَزَقَنيهِ مِنْ غَيْرِ حَوْلٍ مِنِّي وَلا قُوَّة

އަޅާގެ އެއްވެސް އާރަކާއި ބާރަކާއި ނުލައި މިކެއުން އަޅަށް ކާންދެއްވި އިލާހަށް ޙަމްދު ކުރަމެވެ.