##siteName##
 

ކާން ފަށާއިރު ކުރާ ދުޢާ

ކާން ފަށާއިރު ކުރަން އެންމެ މުހިއްމު ކަމަކީ ކާން ފެށުމުގެ ކުރިން އެ ކާބޯތަކެތި ދެއްވި ގަދަކީރިތިވަންތަ ﷲ ހަނދުމަކުރުމެވެ. އޭގެ ސަބަބުން ކާތަކެތީގައި ބަރަކާތް ލައްވާނެއެވެ. އަދި ކާތަކެތިން ޝައިޠާނާ ދުރުކުރެވޭނެއެވެ.

ކާން ފަށާއިރު بِسْمِ اللَّهِ (ﷲ ގެ އިސްމުފުޅުން ފަށަމެވެ.)  ކިޔާށެވެ!

ކާންފެށިއިރު بِسْمِ اللَّهِ ނުކިޔޭކަން، ކެއުމުގެ ތެރޭގައި ހަނދާން ވެއްޖެނަމަ؛

بِسْمِ اللَّهِ أَوَّلَهُ وَ آخِرَهُ (ކެއުމުގެ ކުރީކޮޅުގައިވެސް އަދި ފަހުކޮޅުގައިވެސް ﷲ ގެ އިސްމުފުޅުން ފަށަމެވެ.) މި ފަދައިން ކިޔާށެވެ.

އަދި ކާން ވާނީ ކަނާތުންނެވެ. ބޯންވެސް ވާނީ ކަނާތުންނެވެ.