##siteName##
 

ވާރޭ ވެހޭ ހިނދު ކުރާ ދުޢާ

ވާރެއަކީ ﷲ ގެ ނިޢުމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިޢުމަތެކެވެ. އެހެންކަމުން މި ބޮޑު ނިޢުމަތް ދެއްވި ﷲ އަށް ޙަމްދާއި ޝުކުރު ދެންނެވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

ކޮއްކޯއެވެ! މިއީ ވާރޭ ވެހޭ ހިނދު ކުރުމަށް އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި މަތިވެރި ދުޢާ އެކެވެ.

اللّهُمَّ صَيِّـباً نافِـعاً .

އޭ ﷲ ! އެއީ ފައިދާހުރި ވިލާގަނޑެއްގެ ކަމުގައި ލައްވާނދޭވެ!