##siteName##
 

ގުގުރީގެ އަޑު އިވުމުން ކުރާ ދުޢާ

ގުގުރިއަކީ ﷲ ގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤެކެވެ. އަދި ގުގުރީގެ އަޑަކީ ﷲ އަށް ދެންނެވޭ ތަސްބީޙައެކެވެ. އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ. وَيُسَبِّحُ الرَّعْدُ بِحَمْدِهِ މާނައީ: އަދި ގުގުރި ﷲ ގެ ޙަމްދުން (އެއިލާހަށް) ތަސްބީޙަ ކިޔައެވެ.

ކޮއްކޯއެވެ! މިއީ ގުގުރީގެ އަޑު އިވޭ ވަގުތު ކިޔުމަށް އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި މަތިވެރި ދުޢާ އެކެވެ.

سُبْحانَ الّذي يُسَبِّحُ الرَّعْدُ بِحَمْدِهِ، وَالملائِكةُ مِنْ خيفَته.

އެފަރާތް ދެކެ ބިރުން ގުގުރި އާއި މަލާއިކަތުން މަތިވެރި ކުރާ ﷲގެ ހުސްޠާހިރު ވަންތަ ކަމާއެވެ.