##siteName##
 

ބާރަށް ވައިޖެހޭ ހިނދު ކުރާ ދުޢާ

ވަޔަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ލަޝްކަރު ތަކުގެ ތެރެއިން ލަޝްކަރެކެވެ. އެއިލާހު އިރާދަކުރައްވާ ބައެއްގެ މައްޗަށް ފޮނުއްވައެވެ. އަދި އެކަން ޢަޛާބަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ މިކަން އަހަރެމެންނަށް ބަޔާންކޮށްދެއްވާފައެވެ. ބާރަށް ވައިޖެހޭހިނދު އެއީ ޢަޛާބަކަށް ވެދާނެކަމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވައެވެ.

އެހެންކަމުން، ބާރަށް ވައިޖެހޭ ވަގުތު މި ދުޢާ ކިޔުން އާދަ ކުރާށެވެ.

اللّهُمَّ  إِنَّي أَسْأَلُكَ خَيْرَها، وَأَعوذُ بِكَ مِنْ شَرِّها.

އޭ ﷲ !  އޭގެ ހެޔޮކަން މިއަޅާއަށް ދެއްވުމަށް ދަންނަވަމެވެ. އަދި އޭގެ ނުބައިކަމުން މިއަޅާ ރައްކާތެރި ކޮށްދެއްވުމަށް އިބަ ﷲގެ ޙަޟްރަތުން އެދެމެވެ.