##siteName##
 

ބަލިމީހުންނަށް ޒިޔާރަތްކުރާ ހިނދު ކުރާ ދުޢާ

ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ ސަވާބާއި ދަރުމައިން ފުރިގެންވާ ކަމެކެވެ. އަދި އެއީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްލާމީ ރިވެތި އަޚްލާޤު ތަކުގެ ތެރޭގައި ހިމެނޭ މަތިވެރި ކަމެކެވެ.

ލޯބިވާ ކޮއްކޯއެވެ! ގާތްތިމާގެ މީހަކު ނުވަތަ ރަޙްމަތްތެރިއަކު ބަލިވެއްޖެނަމަ ޒިޔާރަތްކުރާށެވެ. އަދި މި ދުޢާ ކުރާށެވެ.

لا بأْسَ طَهـورٌ إِنْ شـاءَ الله .

ދެރަ ނުވާށެވެ. މާތް ﷲގެ އިރާދަފުޅުން ތިޔައީ ތިބާއަށް ދެއްވި ޠާހިރު ކަމެކެވެ. (ފާފަ ފުއްސެވުމެކެވެ.)