##siteName##
 

ދަތި އުނދަގޫ ކަމެއް ދިމާވާ ހިނދު ކުރާ ދުޢާ

މި ދުޢާ ކޮށްފި މީހާއަށް އެ ދިމާވެފައިވާ ދަތި ކަމަކުން ﷲ ސުބްޙާނަހޫ ވަތަޢާލާ ، އެމީހަކު ސަލާމަތް ކޮށްދެއްވާނެއެވެ.

ކޮއްކޯއެވެ! ފިލާވަޅު ދަސްކުރުން ނުވަތަ ވިސްނައިގަތުން އުނދަގޫ ވެއްޖެ ނަމަ މިދުޢާ ކުރާށެވެ! ﷲ އިރާދަ ކުރެއްވިއްޔާ އެކަމެއް ފަސޭހަ ވެގެން ދާނެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި ދަތި އުނދަގޫތައް ފަސޭހަ ކުރައްވާނޭ އެހެން ފަރާތެއް ނުވެއެވެ.

اللّهُمَّ لا سَهْلَ إِلاّ ما جَعَلتَهُ سَهلاً،
وَأَنْتَ تَجْعَلُ الْحَزْنَ إِذا شِئْتَ سَهلاً.

އިބައިލާހު ލުއި ފަސޭހަކޮށްދެއްވިކަމެއް މެނުވީ ލުއި ފަސޭހަވެގެން ނުވެއެވެ. އިބައިލާހު ހިތާމަތައް ލުއިފަސޭހަކޮށްދެއްވަމުއެވެ.