##siteName##
 

ހެނދުނާއި ހަވީރުގެ ދުޢާ

އިންސާނާ އޭނާގެ ދުވަސް ފަށައިގަތުމުގައި ކުރަން އެންމެ ހެޔޮ ކަމަކީ ﷲ ހަނދުމަކުރުމެވެ. އެއިގެ ސަބަބުން ﷲ ގެ ރުހިވޮޑިގަތުން ލިބެއެވެ. އަދި ހިތްހަމަޖެހުން ލިބެއެވެ. އަދި ރިޒުޤު ތަނަވަސް ވެ، އިންސީންނާއި ޖިންނީގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްކަން ލިބެއެވެ.

ހަވީރު މިދުޢާ ކޮށްފި މީހަކަށް ހެނދުނު ވަންދެން ﷲ ގެ ސަލާމަތްކަން ލިބެއެވެ. އަދި ހެނދުނު މިދުޢާ ކޮށްފި މީހަކަށް ހަވީރު ވަންދެން ﷲ ގެ ސަލާމަތްކަން ލިބެއެވެ.

·         اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

·      بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4)

·      بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)

·      بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ () قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنَ الْجِنَّةِ وَالنَّاسِ (6)

 

·       حَسْبِـيَ اللّهُ لا إلهَ إلاّ هُوَ عَلَـيهِ تَوَكَّـلتُ وَهُوَ رَبُّ العَرْشِ العَظـيم . (7 ފަހަރު)

މިއަޅާއަށް ﷲ ފުދިގެންވެއެވެ. އެއިލާހު ފިޔަވައި އެހެން އިލާހަކު ނުވެއެވެ. މިއަޅާ އެއިލާހަށް ވަކީލުކުރަމެވެ. އަދިއެއިލާހުއީ މަތިވެރި ޢަރުޝީގެ ވެރި އިލާހެވެ.

 

·       بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم (3ފަހަރު)

ﷲ ގެނަންފުޅުންފަށަމެވެ. އެއިލާހުގެ ނަންފުޅާއިއެކު ބިމާއި އުޑުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އެއިލާހުއީ އެންމެމޮޅަށް އައްސަވާ ވޮޑިގެންވާ އެންމެ މޮޅަށް ދެނެވޮޑިގެންވާއިލާހެވެ.

·         رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ صلى الله عليه وسلم نَبِيّـاً (3ފަހަރު)

ﷲއީ ހައްދަވައި ގެންގުޅުއްވާ އިލާހު ކަމަށާއި، އިސްލާމްދީނަކީ ދީން ކަމަށާއި އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އީ ނަބިއްޔާކަމަށް މިއަޅާ ރުހިއްޖެއީމެވެ.

 

·         سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِماتِـه. (ހެނދުނު 3 ފަހަރު)

މާތް ﷲ އަށް ހުސްޠާހިރުވަންތަކަމާއި ރިވެތި ޘަނާއާއި ތާރީފު ލިބިވޮޑިގެން ވެއެވެ. އެއިލާހުގެ ޚަލްޤުތަކުންގެ ޢަދަދަށެވެ. އަދި އެއިލާހުގެ ޒާތުފުޅު ރުހިވޮޑިގަންނަވާ މިންވަރަކަށެވެ. އަދި އެއިލާހުގެ ޢަރުޝީގެ ބަރުދަނަށެވެ. އަދި އެއިލާހުގެ ބަސްފުޅުތަކުގެ ދެލީގެ މިންވަރަށެވެ.

·      اللّهُـمَّ بِكَ أَصْـبَحْنا وَبِكَ أَمْسَـينا ، وَبِكَ نَحْـيا وَبِكَ نَمـوتُ وَإِلَـيْكَ النِّـشور .

އޭ ﷲ! އިބަ އިލާހުގެ މިންވަރުފުޅުން އަޅަމެން ހެނދުނާއި ހަމަޔަށް އަތުވެއްޖައީމެވެ. އަދި އިބައިލާހުގެ މިންވަރުފުޅުން އަޅަމެން ހަވީރާއި ހަމަޔަށް އަތުވެއްޖައީމެވެ. އަޅަމެން ދިރިތިބެނީ އަދި އަޅަމެން މަރުވެދަނީ އިބައިލާހުގެ މިންވަރުފުޅުންނެވެ. އެނބުރި ދިޔުން އޮތީ އިބައިލާހުގެ  ޙަޟްރަތަށެވެ.

·         أَعـوذُ بِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق . (ހަވީރު 3 ފަހަރު)

ހެއްދެވިހައި ތަކެތީގެ ނުބައިކަމުން މިއަޅާ ރައްކާތެރި ކޮށްދެއްވުމަށް ﷲގެ ފުރިހަމަ ކަލިމަފުޅުތަކުން ހިމާޔަތް އެދެމެވެ.

 

·         اللّهُـمَّ صَلِّ وسَلِّم عَلـى نَبِيِّنا مُحمَّـد (10 ފަހަރު)

އޭ ﷲ! އަޅަމެންގެ ނަބިއްޔާ މުޙައްމަދު  ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!