##siteName##
 

ބަންގި ދުޢާ

ކޮއްކޯއެވެ! ބަންގި ގޮވާ މީހާއާއެކު ބަންގީގެ ކަލިމަތައް ތަކުރާރުކޮށް އެއަށްފަހު، ބަންގި ގޮވާ ނިމުމުން މި ދުޢާކޮށްފި މީހަކަށް ޤިޔާމަތްދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަފާޢަތް ލިބޭނެއެވެ.

ވިސްނާށެވެ! ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ ޤިޔާމަތް ދުވަހު، މިދުޢާ ކުރާ މީހަކަށް ޝަފާޢަތްތެރިވެ ވަޑައިގަންނަވާނީ ކުރީގެ މީހުންނާއި ފަހުގެ މީހުންގެ ސާހިބާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެހެންކަމުން މިދުޢާ ކުރުން މަތީ ދެމިހުރުމަށް އާދަ ކުރާށެވެ.

اللّهُمَّ رَبَّ هَذِهِ الدّعْوَةِ التّامَّة وَالصّلاةِ القَائِمَة آتِ محَمَّداً الوَسيلةَ وَالْفَضيلَة وَابْعَثْه مَقاماً مَحموداً الَّذي وَعَدْتَه، إِنَّكَ لا تُخْلِفُ الميعاد.

އޭ ﷲ!  ފުރިހަމަވެގެންވާ މިގޮވައިލުމާއި ޤާއިމުވެގެންވާ ނަމާދުގެ ވެރި އިލާހު! މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ވަޞީލަތާއި ފަޟީލަތް ދެއްވާނދޭވެ! އަދި އިބައިލާހު އެކަލޭގެފަނަށް ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި މަޤާމަށް އުފުއްލަވާނދޭވެ! ހަމަކަށަވަރުން އިބަ ﷲ ވަޢުދާ ޚިލާފުވެވޮޑި ނުގަންނަވައެވެ.