##siteName##
 

ބަންގީގެ އަޑު އިވޭ ހިނދު ކުރާ ދުޢާ

ބަންގި ގޮވުމަކީ ވަރަށްވެސް ގިނަ ގުނަ ސަވާބާއި ދަރުމަ ލިބޭނޭ ކަމެކެވެ. އަދި ހުރިހާ އެންމެންނަށް ބަންގި ގޮވުމުގެ ފުރުޞަތު ނުލިބޭނެއެވެ. އެހެންކަމުން ހުރިހާ އެންމެންނަށް ބަންގި ގޮވުމުގެ ސަވާބު ލިބޭނެގޮތް އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދަސްކޮށް ދެއްވާފައެވެ. އެއީ؛

ބަންގި ގޮވާ މީހާއާއި އެކީ ބަންގީގެ ކަލިމަތައް ކިޔަމުން ގެންދިޔުމެވެ. އަދި ބަންގި ގޮވާ މީހާ " حَـيَّ عَلـى الصَّلاة" އަދި " حَـيَّ عَلـى الْفَـلاح" ކިޔުމުން " لا حَـوْلَ وَلا قُـوَّةَ إِلاّ بِالله " މިފަދައިން ކިޔުމެވެ.