##siteName##
 

މިސްކިތަށް ވަންނަމުން ކުރާ ދުޢާ

ކޮއްކޯއެވެ! މިސްކިތްތަކަކީ ބިންމަތީގައިވާ ﷲގެ ގެކޮޅުތަކެކެވެ. ރެއާއި ދުވާލު ފަސްފަހަރު ﷲގެ ޙަޟްރަތުން އިއްވާލެވޭ ނިދާއެއް އެ މިސްކިތްތަކުން އިވެއެވެ.

އެ ނިދާއަށް އިޖާބަ ދިނުމުގެ ގޮތުން ފަރުޟު ފަސްނަމާދު ޖަމާޢަތުގައި އަދާކުރުމަށް މިސްކިތަށް ދިޔުމަކީ ކޮންމެ މުސްލިމު ފިރިހެނަކަށް ވާޖިބެކެވެ.

މުސްލިމު އަންހެނުން ބޭނުންނަމަ އެމީހުންނަށްވެސް މިސްކިތަށް ދިޔުން ހުއްދައެވެ. އެހެންނަމަވެސް އަންހެނުން މިސްކިތުގައި ކުރާ ނަމާދަށް ވުރެ ގޭގައި ކުރާ ނަމާދުގެ ސަވާބު އިތުރު ވެގެންވެއެވެ.

މިސްކިތަށް ވަންނަހިނދު ކަނާތުފައި އިސްކޮށް މި ދުޢާ ކުރާށެވެ.

بِسْمِ الله، وَالصَّلاةُ وَالسَّلامُ عَلى رَسولِ الله، اللّهُمَّ افْتَحْ لي أَبْوابَ رَحْمَتك .

ﷲގެ އިސްމުފުޅުން ފަށަމެވެ. ﷲގެ ރަސޫލާއަށް ޞަލަވާތާއި ސަލާމް ހުއްޓެވެ.  އޭ ﷲ! އިބަ ﷲ ގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށް ހުޅުއްވަވާނދޭވެ!