##siteName##
 

ގެއިން ނުކުންނަމުން ކުރާ ދުޢާ

ކޮއްކޯއެވެ! ކޮންމެ މީހަކުވެސް ގެއިން ނުކުތުމާއެކު، ޝައިޠާނުން އޭނާއާ ދިމާކުރާނެއެވެ. އަދި އޭނާއަށް ނޭގޭ ގޮތް ގޮތުން އޭނާއަށް އުދަގޫކޮށް ވަސްވާސް ދޭނެއެވެ. އެހެންނަމަވެސް ގެއިން ނިކުންނަމުން މި ދުޢާ ކޮށްފި މީހަކު، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ޝައިޠާނާގެ ކިބައިން ރައްކާތެރި ކުރައްވައެވެ.

بِسْمِ اللهِ ، تَوَكَّلْتُ عَلى اللهِ وَلا حَوْلَ وَلا قُوَّةَ إِلاّ بِالله .

ﷲގެ އިސްމު ފުޅުން ފަށަމެވެ. މިއަޅާ ﷲއަށް ވަކީލު ކުރަމެވެ. ﷲގެ ޙަޟްރަތުން މެނުވީ އެއްވެސް އާރެއް އަދި ބާރެއް ނުވެއެވެ.