##siteName##
 

ގެއަށް ވަންނަމުން ކުރާ ދުޢާ

ކޮއްކޯއެވެ! ގެއަށް ވަންނަމުން ﷲ ހަދުމަ ނުކޮށްފިނަމަ ޝައިޠާނާ އޭނާގެ އެކުވެރިންނަށް ބުނާނެއެވެ. "ކަލޭމެން ނިދާނެ ތަނެއް ލިބުނީއެވެ." އަދި އެގެއަށް ވަންނާނެއެވެ. އަދި އެގޭގެ މީހުންނަށް ގޯނާކޮށް ގެއްލުންދީ ހަދާނެއެވެ. ނަމަވެސް ގެއަށް ވަންނަމުން ﷲ ހަދުމަކޮށްފިނަމަ ޝައިޠާނާ ބުނާނެއެވެ. "އޭ އެކުވެރިންނޭވެ! މިގެއަކު ކަލޭމެން ނިދާނެ ތަނެއް ނެތެވެ."

އެހެންކަމުން ޝައިޠާނާ އަށް ކޮއްކޮގެ ގޭގައި ނިދުމުގެ ފުރުޞަތު ނުދޭށެވެ. އަދި މި ދުޢާ ކުރުމަށް އާދަ ކުރާށެވެ.

بِسْمِ اللهِ وَلَجْنا، وَبِسْمِ اللهِ خَرَجْنا، وَعَلى رَبِّنا تَوَكّلْنا

ﷲގެ އިސްމުފުޅުން މިއަޅާ ވަންނަމެވެ. އަދި ﷲގެ އިސްމުފުޅުން މިއަޅާ ނިކުންނަމެވެ. އަޅަމެން ހައްދަވައި ގެންގުޅުއްވާ އިލާހަށް އަޅަމެން ވަކީލު ކުރަމެވެ.

މި ދުޢާ ކުރުމަށްފަހު ގޭގެ މީހުންނަށް ސަލާމް ކުރާށެވެ.

السلام عليكم ورحمة الله وبركاته