##siteName##
 

ވުޟޫ ކޮށް ނިމިގެން ކުރާ ދުޢާ

ކޮއްކޯއެވެ! މިއީ ފަސޭހަ ދުޢާއެކެވެ. އެހެން ނަމަވެސް މި ދުޢާ ކުރުމުން ލިބޭ ޘަވާބާއި ދަރުމަ ވަރަށް ގިނަ ގުނައެވެ. ވުޟޫކުރުމަށްފަހު މި ދުޢާ ކިޔައިފި މީހަކަށް ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވޭނެއެވެ. އެއީ އެ ދޮރުތަކުގެ ތެރެއިން ބޭނުން ދޮރަކުން ސުވަރުގެއަށް ވަދެވޭނެއެވެ. އެހެންކަމުން އަވަހަށް މި ދުޢާ ދަސްކުރާށެވެ. އަދި ވުޟޫކޮށް ނިމިގެން މި ދުޢާ ކުރަން އާދަ ކުރާށެވެ.

أَشْهَدُ أَنْ لا إِلَهَ إِلاّ اللهُ وَحْدَهُ لا شَريـكَ لَهُ وَأَشْهَدُ أَنَّ مُحَمّداً عَبْدُهُ وَرَسُولُه. اللّهُمَّ اجْعَلني مِنَ التَّوّابينَ وَاجْعَلْني مِنَ المتَطَهّرين.

ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި އެއިލާހަށް ބައިވެރިއަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް  އަކީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅުހެކިވަމެވެ. އޭ ﷲ! ތައުބާވާ މީހުންގެ ތެރެއިން އަޅު ލައްވާނދޭވެ! އަދި ޠާހިރުވާ މީހުންގެ ތެރެއިން އަޅު ލައްވައިފާނދޭވެ!