##siteName##
 

ފާޚާނާއިން ނުކުންނަމުން ކުރާ ދުޢާ

ފާޚާނާއަށް ގޮސް އަހަރުމެންގެ ގައިން ބޭރުވާ ނަޖިހަކީ އޭގައި ވިހަ ހިމެނޭ އެއްޗެކެވެ. އެ ނަޖިސް ބޭރު ނުކުރެވިއްޖެނަމަ އޭގެ ސަބަބުން އަހަރުމެންނަށް ބޮޑެތި ބަލިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން ފާޚާނާ ކުރެވުމުން އެ ލިބުނު ފަސޭހައަށްޓަކައި ﷲ އަށް ޝުކުރުވެރި ވުމުގެ ގޮތުން މި ދުޢާ ކުރަންވާނެއެވެ.

ފާޚާނާއިން ނުކުންނަމުން ކަނާތުފައި އިސްކުރުމަށްފަހު މިދުޢާ ކުރާށެވެ.

غُفْرانَك .

އިބަ ﷲގެ ޙަޟްރަތުން ފާފަފުއްސަވައި ދެއްވުމަށް މިއަޅާ އެދެމެވެ.