##siteName##
 

ފާޚާނާއަށް ވަންނަމުން ކުރާ ދުޢާ

ފާޚާނާއަކީ ޝައިޠާނުން ގިނައިން އުޅޭ ތަންތަނުގެ ތެރެއިން ތަނެކެވެ. އެހެންކަމުން ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްވުން އެދި މި ދުޢާ ކުރުން އެދެވިގެން ވެއެވެ.

އަދި ފާޚާނާ އަށް ވަންނައިރު ވާތުފައި އިސްކުރަން ވާނެއެވެ.

(بِسْمِ الله ) اللّهُمَّ إِنِّي أَعوذُ بِكَ مِنَ الْخُبْثِ وَالْخَبائِث .

ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ފަށަމެވެ. އޭ ﷲ! އެންމެހައި ނުބައި ކަމަކާއި އެންމެހައި ނުބައި ތަކެއްޗެއްގެ ކިބައިން އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަން އެދެމެވެ.